Friday, November 13
ބަންޑާރަ ގޯތި ދޫކުރަން ހުއްޓުވަދޭން ޤާނޫނަށް ބަދަލު ގެންނަން މަޖިލީހުގައި އެދިފައިނުވާނެ: މުއްތަލިބު
ބަންޑާރަ ގޯތި ދޫކުރަން ހުއްޓުވައިދޭން ޤާނޫނަށް ބަދަލު ގެނެސްދިނުމަށް މިއަދު މަޖިލީހުގައި އެދިފައިނުވާނެ  ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ، އިންފްރާސްޓްރަކްޗަރ ޑރ.އަބުދުﷲ މުއްތޮލިބު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނާއި ކުރެވުނު ސުވާލަކާ ގުޅިގެން އެކަމަކީ ރާއްޖެއަށް ޚާއްޞަ ކަމެއް ކަމަށާއި ދާއިމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ދަތިވެދާނެ ކަމެއްކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އަދި އެއީ މަޖިލިސް ތެރެއިން ޙައްލެއް ހޯދަންޖެހޭ ފަދަ މައްސަލައެއްކަމަށް އެމަނިކުފާނު ވިދާޅުވިކަމަށެވެ. މިނިސްޓަރ ވަނީ އެމަނިކުފާނު ބަންޑާރަ ގޯތި ދޫކުރަން ހުއްޓުވައިދޭން ޤާނޫނަށް ބަދަލު ގެނެސްދިނުމަށް މިއަދު މަޖިލީހުގައި އެދިފައިވާ ކަމަށް ހެޑްލައިންގައި ލިޔެވފައިވާ ޚަބަރެއްގެ ލިންކް ހިއްސާކުރައްވާ މިކަން ދޮގުކޮށްފައެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ގޯތިތަކަކީ ބަންޑާރަ ގޯތިތަކެއް ކަމަށެވެ. އަދި އެގޮތަށް ބަންޑާރަ ގޯތި ދޫކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ކުރަމުންދާ ކަމެއް ނޫން ކަމަށާ އެކަމަކީ ރާއްޖެއަށް ޚާއްސަ ސިފައެއް ކަމަށެވެ. "އިނގިރޭސި ބަހުން ދަންނަވާކަމަށްވާނަމަ ފްރީ ހޯލްޑުގެ ގޮތުގައި މި ބިން ދިނުމަކީ މި ރާއްޖެއަށް ދިރިއުޅުމަށްޓަކައި ދިނުމަކީ ވަރަށް ރާއްޖެއަށް ޚާއްސަ ކަމެއް. އެހެންވިމާ މިފަދަ ކަލްޗަރަލީ ވެސް އަދި ހިސްޓޮރިކަލީ ވެސް ރާއްޖެއަށް މުހިއްމު ގޮތުގައި ފާހަގަކުރެވިފައި އޮތް ކަމެއް ބަދަލުކުރުމަކީ އެ ސިޔާސަތު ބަދަލުކުރުމަކީ އަޅުގަނޑަށް އެކަނި ލިބިގެންވާ ބާރެއް ނޫން"  މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު