Monday, November 9
ބާސެލޯ ނަސަންދުރާ ރަސްމީކޮށް ހުޅުވައިފި

ވެރިރަށް މާލޭގެ ފުރަތަމަ ފަސްތަރީގެ ހޮޓަލުގެ ގޮތުގައި ބާސެލޯސް ނަސަންދުރާ މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

ރާއްޖޭގެ ލޭންޑްމާކެއް ކަމަށްވާ ނަސަންދުރަ ހުރި ބިމުގައި، ހަތަރު ތަރީގެ 150 ކޮޓަރީގެ އިތުރުން މަތީ ފަންތީގެ 100 އެޕާޓްމަންޓް ވެސް ހުރެ އެވެ.

ސްޕެއިންގެ ބާސެލޯ ބްރޭންޑުގެ މި ހޮޓެއްލް ހުންނަނީ 25 ބުރިއަށް އިމާރާތްކޮށްފައެވެ.

ރޫފްޓޮޕް ސުވިމިން ޕޫލް ފަދަ ވަސީލަތްތަކާއެކު ބާސެލޯގެ ގްރޫޕުގެ ހޮޓަލެއް މިއަދު ހުޅުވިއިރު، އެ ކުންފުނިން ރާއްޖޭގައި ރިސޯޓްތައްވެސް ހިންގައެވެ.

ބާސެލޯ ގްރޫޕުގެ ވިޔަފާރި ފެށިފައިވަނީ 1931 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ މި ކުންފުނީގެ ޓޫރިޒަމް ވިޔަފާރިއެއް ފެށީ ސިމޯރނޭ ބަޒްލޯ އެވެ. މިއަދު ބާސެލޯ ގްރޫޕަކީ 22 ގައުމެއްގައި 245 އަށް ވުރެ ގިނަ ހޮޓަލާއި 54،000 އަށް ވުރެ ގިނަ ކޮޓަރި ހުންނަ ވަރުގަދަ އިންޓަގްރޭޓެޑް ޓޫރިޒަމް ގްރޫޕެކެވެ.

ކުރިން ރާއްޖޭގެ އެންމެ މަޝްހޫރު ހޮޓާ ހުރި ނަސަންދުރަ ޕެލަސް ހުރި ބިމުގައި ޒަމާނީ ހޮޓަލެއް އެޅުމުގެ މަސައްކަތް ހަވާލު ކުރީ 2015 ވަނަ އަހަރު އެވެ.

ބާސެލޯ ހޮޓެލް ގްރޫޕުން އޭޝިއާގައި މިހާރު އިންޑޮނޭޝިއާ، ތައިލެންޑް، ރާއްޖެ، ޔޫއޭއީ، އަދި އޮމާން ފަދަ ހަ ގައުމެއްގެ ޕްރޮޕަޓީތައް މެނޭޖްކުރެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު