ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) ގެ ޗެއަރޕަރސަންގެ މަޤާމުން މުޙައްމަދު ޝާމީ އާދަމް ވަކިކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރޕާސަންގެ މަޤާމުންނާއި އެކުންފުނީގެ ބޯޑުގެ މެމްބަރުކަމުން، މ. އެމޭޒަން އަލްފާޟިލް މުޙައްމަދު ޝާމީ އާދަމް، 27 އެޕްރީލް 2025 ވީ އާދިއްތަ ދުވަހު ވަނީ ވަކިކޮށްފައެވެ.
— Privatization & Corporatization Board (@pcb_gov) April 28, 2025
މިގޮތުން ޕީސީބީން ބުނީ އާރުޑީސީގެ ޗެއަރޕަރސަންގެ މަޤާމުން މ. އެމޭޒަން އަލްފާޟިލް މުޙައްމަދު ޝާމީ އާދަމް، 27 އެޕްރީލް 2025 ވީ އާދިއްތަ ދުވަހު ވަކިކޮށްފައިވާ ކަމަށެވެ.
ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކިޔާލުމުން