ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނެދަލެންޑްސްގެ ކިންގްސް ޑޭ ގެ މުނާސަބަތުގައި އެ ޤައުމުގެ ރަސްގެފާނު ކިންގ ވިލަމް އަލެކްސާންޑަރ އަށާއި ބޮޑުވަޒީރު ހެންޑްރިކަސް ވިލެމަސް މާރިއާ ޝޫފް އަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި ރައީސްގެ މެސެޖުގައި ވަނީ، ރަސްގެފާނުގެ އުފަންދުވަސް ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނެދަލެންޑްސްގެ ރަސްގެފާނަށާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ރަސްގެފާނަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށާއި، ނެދަލެންޑްސްގެ ރައްޔިތުންނަށް ތަރައްޤީއާއި ތަމައްދުނު ލިބެމުންދިއުމަށް އެދިވަޑައިގަންނަވާކަމަށް، އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ބޮޑުވަޒީރަށް ވަކިން ފޮނުއްވި މެސެޖުގައި ރައީސް ވަނީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނެދަލެންޑްސްގެ ބޮޑުވަޒީރަށާއި ސަރުކާރަށާއި ރައްޔިތުންނަށް، ކިންގްސް ޑޭ ގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވައި، ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި، ނެދަލެންޑްސްގެ ރައްޔިތުންނަށް އިތުރު ތަރައްޤީއާއި ކުރިއެރުމަށް، އެދިވަޑައިގަންނަވައިފައެވެ.
މި ލިޔުން ކިޔާލުމުން