Friday, November 13
ރައީސް އަށް މެލޭޝިއާ އިން ހޫނު މަރުހަބާއެއް!
ރައީސުލް ޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި  މެލޭޝިއާއަށް ވަޑައިގެންފި އެވެ. އެމަނިކުފާނަށް ވަނީ މެލޭޝިއާއިން ހޫނު މަރުހަބާ އެއް ދަންނަވާފައެވެ. އެމަނިކުފާނަށް އެއަރޕޯޓުން މަރުހަބާ ދެންނެވީ މެލޭޝިއާގެ މިނިސްޓަރ އޮފް ހެލްތު ޑރ ހާޖީ ޒުލްކެފްލީ އަޙްމަދާއި، އަދި މެލެޝިއާގެ ސަރުކާރުގެ އިސްބޭފުޅުންނެވެ. މީގެ އިތުރުން  ދިވެހިރާއްޖެއިން އިން މެލޭޝިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަޙްމަދު ވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަޑައިގެންނެވިއެވެ. އެމަނިކުފާނަށް ވަޑައިގަތުމާއި އެކު ވަނީ އޮނަރ ގާޑެއް އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިއީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އެ ޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާނެއެވެ. މިބައްދަލުވުމުގައި، އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކާމެދު ޚިޔާލުބަދަލުކުރައްވައި، ދެ ޤައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނެ އިތުރު މަގުތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު