Saturday, October 31
ރާއްޖޭގެ ރިސޯޓުތަކަކީ ގޮލްފް ކުޅެން އެކަށީގެންވާ ފުރިހަމަ ތަންތަން: ވަޒީރު ރާފިޢު
ރާއްޖޭގެ ރިސޯޓްތަކަކީ ގޮލްފް ކުޅެން ވަރަށް ފުރިހަމަ އެކަށީގެންވާ ތަންތަން ކަމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސްރީލަންކާގެ ކެންޑީގައި ހުންނަ ވިކްޓޯރިއާ ގޮލްފް ކުލަބުގައި ކުރިއަށްގެންދިޔަ މޯލްޑިވްސް ގޮލްފް އެސޯސިއޭޝަންގެ ފުރަތަމަ ގޮލްފް މުބާރާތް ކަމަށްވާ މޯލްޑިވްސް އޯޕަން 2025 ގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ގޮލްފް ކުރިއެރުވުމަށް ގޮލްފް އެސޯސިއޭޝަނުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، ފުރަތަމަ ފަހަރަށް ބޭއްވި ގޮލްފް މުބާރާތް ކާމިޔާބުކަމާއެކު ބޭއްވި ކަމަށްޓަކައި މަރުހަބާ ދަންނަވައިފައެވެ. ވަޒީރު ވިދާޅުވީ ގޮލްފްއަކީ ސްޕޯޓްސް ޓުއަރިޒަމްގެ ތެރެއިން ރާއްޖޭގައި ކުރިއެރުވޭނެ ކުޅިވަރެއްކަމަށާއި، ރާއްޖޭގެ ރިސޯޓްތަކަކީ މިކަމަށް އެންމެ އެކަށީގެންވާ ހިތްފަސޭހަ މާހައުލު ކަމަށެވެ. ވަޒީރު ވިދާޅުވީ ގިނަ ބަޔަކު މި ކުޅިވަރަށް ޝައުގުވެރިވެ، މި ކުޅިވަރަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު