Friday, November 13
ސިޓީ ޕާކް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ

ގަލޮޅު ސިޓީ ޕާކް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

މިއަދު މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ފޭސް 2 ގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށެވެ. ސިޓީ ޕާކުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 8 ވަނަ ދުވަހު 9:00 އަށް އަގު ހުށަހަޅަންޖެހެ އެވެ.

އެ ޕާކު ތަރައްގީ ކުރަން ނިންމާފައި ވަނީ ސްޕޯޓްސް އޭރިއާގައި ބެޑްމިންޓަން ކޯޓަކާއި 3އޮން3 ބާސްކެޓްބޯޅަ ކުޅޭނެ ކޯޓަކާ ވެސް އެކު އެވެ.

ޕާރކް ތަރައްގީކޮށް ހުޅުވާއިރު އައުޓްޑޯ ޖިމާއި ޖޮގިން ޓްރެކެއް ވެސް ޕާކުގައި ހުންނާނެ އެވެ. އަދި އަންހެނުންނާއި ފިރިހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފާޚާނާ ވެސް ހުންނާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން  "ލެޑް ޕާކް" ގެ ނަމުގައި އެ ޕާކު ހުޅުވި އެވެ. ނަމަވެސް ފަހުން އެތަން ނުބެލެހެއްޓި ވަނީ ވީރާނާވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު