މިގޮތުން ވަޒީރު ވިދާޅުވީ ހަފުތާގެ ކޮންމެ ދުވަހަކު ވެސް ދ. އުއްދޫއަށް ދަތުރު ދެވޭގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި އަހަރުތެރޭ ދ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވި، އެ އަތޮޅު އުއްދޫ ރަސްމީކޮށް އާންމުންނަށް ހުޅުވާލާފައިވަނީ އެޕްރީލް 15 ގައެވެ. ދަތުރުދާ ރަށެއްގެ ގޮތުގައި އުއްދޫ ހުޅުވައިލާ އިރު، ޚިދުމަތްތައް އެންމެ ފުރިހަމައަށް ލިބެން ނެތް ނަމަވެސް ކައިރި ތާރީޚެއްގައި މިނިސްޓްރީގެ ރެކްރިއޭޝަން ކުލަބާ އެ ރަށް ޙަވާލުކުރެވި، ރަށުގެ ކޮންސެޕްޓް ޕްލޭނެއް އެކުލަވައިލާ، ދަތުރުދާ ފަރާތްތަކަށް އެކަށޭނަ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ފެށިގެން ދާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މި ވަގުތު ވެސް އުއްދޫ ބެލެހެއްޓުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުން އަންނަނީ ކުރަމުންނެވެ.ހަފުތާގެ ކޮންމެ ދުވަހަކު ވެސް ދ. އުއްދޫއަށް ދަތުރު ދެވޭގޮތަށް މިހާރު ވަނީ ހަމަޖެހިފައި. pic.twitter.com/QeGgRnwZih
— Adam Shareef Umar (@Adamshareefz) April 27, 2025

ހަފުތާގެ ހުރިހާ ދުވަހެއްގައިވެސް ދ. އުއްދޫއަށް ދަތުރު ދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
މިގޮތަށް ހަމަޖައްސާފައިވާކަން ހާމަކުރައްވާފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ލިޔުން ކިޔާލުމުން





