މިއަދުގެ ސަރުކާރުން ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް އަޅައިދީފައިވަނީ ހަރުދަނާ ބިންގަލެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު، އިބްރާހީމް ޙުސައިން (ޑްރީމްސް އިއްބެ) ވިދާޅުވެއްޖެއެވެ.
އިއްބެ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ޒުވާނުންނަށް ރައީސުލްޖުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާނީ ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މަގު ކަމަށާއި، ޒަމާންތަކެއް ވަންދެން ސިޔާސީ ބޭނުމެއްގައި ދިވެހި ޒުވާނުންގެ ކުރިމަގު ނަގާލާ މަގުމަތި ކުރުވި ދުވަސްތަކަކީ މި ރާއްޖޭގެ މާޒީ ކަމަށެވެ.
ދިވެހި ޒުވާނުންނަށް ރައީސުލްޖުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާނީ ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މަގު. ޒަމާންތަކެއް ވަންދެން ސިޔާސީ ބޭނުމެއްގައި ދިވެހި ޒުވާނުންގެ ކުރިމަގު ނަގާލާ މަގުމަތި ކުރުވި ދުވަސްތަކަކީ މި ރާއްޖޭގެ މާޒީ. މިއަދުގެ ސަރުކާރުން ޒުވާނުންގެ ކުރިއެރުމާއި…
— Ibrahim Hussain (@dreamsibbe) April 27, 2025
މީގެ އިތުރުން އިއްބެ ވިދާޅުވީ މިއަދުގެ ސަރުކާރުން ޒުވާނުންގެ ކުރިއެރުމާއި ތަރައްގީއަށް އަޅައިދީފައިވަނީ ހަރުދަނާ ބިންގަލެއް ކަމަށާއި، އެއީ ޒިންމާދާރު، މައިންބަފައިންގެ ލޯތަކަށް ފިނިކަން ލިބިގެންދާނެ، ގައުމަށް ވަފާތެރި، ގައުމުގެ ކަންކަމާއިގެން ކުރިއަށްދާނެ ޒުވާން ޖީލެއް ބިނާކުރަނިވި ބިންގާ ކަމަށެވެ.
"އެއީ އީމާންކަމާއި ދެދުނިޔޭގެ ފަލާހަށް މަސައްކަތް ކުރާނެ ހަރުދަނާ ޖީލެއްގެ ބިންގަލަށް ވެގެންދާނެ އިންޝާﷲ"، އިއްބެ ވިދާޅުވިއެވެ.
އެ ޕޯސްޓުގައި އިއްބެ އިތުރަށް ވިދާޅުވެފައިވަނީ މި ސަރުކާރުން ދިވެހި ޒުވާނުންނަށް ދައްކާނީ ސާފުސީދާ ތެދުމަގު ކަމަށާއި، ހިތްވަރު ދޭނީ ހެޔޮ ކަންކަން ކުރުމަށާއި ނޭއްގާނީ ކަންކަމާ ދުރުވާން ކަމަށެވެ.
އިއްބެ މިހެން ވިދާޅުވެފައިވާއިރު، މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވަނީ ޒުވާނުންގެ ކަންބޮޑުވުންތަކާއި ޖަޒުބާތުގެ ނާޖާއިޒު ފައިދާ ނަގައި، އެ ޝުޢޫރުތައް ބޭނުންކޮށްގެން ސިޔާސީ ގޮތުން ޤައުމުގައި ހަލަބޮލިކަން އުފައްދަން އުޅޭ ފަރާތްތަކަށް އެ ފުރުޞަތު ނުދިނުމަށް އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން ފަރުދީ އަދި ޖަމާޢީ ފެންވަރުގައިވެސް ދިވެހީންނަށް މަސްލަޙަތު އޮތް ގޮތަކީ، ޤައުމުގައި ހަމަޖެހުން ޤާއިމުވެފައި އޮތުންކަން ހަނދާންކޮށްދެއްވަމުން، އެކަން ކަށަވަރުކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއް ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން