Monday, November 9
މެލެޝިޔާ ދަތުރުން ވިޔަފާރީގެ ދާއިރާއިން ފުރުޞަތު ހުޅުވިގެންދާނެ: ރައީސް

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މެލޭޝިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރާއްޖެއަށް އިންވެސްޓްމެންޓުގެ ގިނަ ދޮރުތަކެއް ހުޅުވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

މިއަދު މެލޭޝިޔާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީޑިއާއާއި ވާހަކަދައްކަވަމުން ރައީސް ވަނީ މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މި ދަތުރުފުޅުގައި، އިގްތިސޯދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވައި، މެލޭޝިއާގެ އިސް ވުނޭރުންނާ ރައީސް ބައްދަލުކުރައްވާނެ އެވެ. އެގޮތުން، މި ފޯރަމްގެ ތެރެއިން ރާއްޖޭގައި އިންވެސްޓުކުރަން ހުޅުވިފައި އޮތް ދާއިރާތަކާއި ގުޅޭ މައުލޫމާތު ތަފްސީލީ ގޮތެއްގައި ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ބާއްވަން މިސާލަކަށް ވިޔަފާރިވެރިންނަށް އޮންނަ ބިޒްނަސް ފޯރަމެއް ވެސް. އިންވެސްޓްމެންޓް އޮޕޮޗުނިޓީޒްތައް ހުރި ގޮތް މި ދަތުރުގައި މި އޮންނަ ފޯރަމްގައި ކިޔާދެވިގެންދާނެ" ރައީސް ވިދާޅުވި އެވެ.

ރައީސް ގަބޫލުކުރައްވާ ގޮތުގައި މި ދަތުރުފުޅާ އެކު ރާއްޖެއަށް އިންވެސްޓްމެންޓުގެ ގިނަ ދޮރުތަކެއް ހުޅުވޭނެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު