Friday, November 13
ރިޔާސީ ކޮމިޝަނުން އިންސާފުވެރި ތަހުގީގެއް ހިންގާނެކަން ޔަގީން: ރައީސް
މާލޭގެ އިމާރާތަކުން މި މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު  މައްސަލަ ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ  އުފެއްދެވި ކޮމިޝަނުން އިންސާފުވެރި ތަހުގީގެއް ހިންގާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަތުމުގެ ކުރިން އެއަރޕޯޓްގައި ހުންނަވައިގެން އެމަނިކުފާނު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއް ވަނީ ރައީސް އޮފީހުން އާއްމުކޮށްފައެވެ. އެ ވިޑިއޯގައި ރައީސް ވިދާޅުވީ އެއްވެސް ރައްޔިތަކާމެދު ތަފާތުކުރުމާއި އަނިޔާވުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫންކަމަށެވެ. މި މައްސަލާގައިވެސް ފުރަތަމަ ދުވަހުން ފެށިގެންވެސް އެމަނިކުފާނު ބޭނުންފުޅުވީ ކަމުގެ ހަގީގަތް ހޯއްދަވައި އިންސާފު ގާއިމުކުރެއްވުން ކަމަށް ވިދާޅުވިއެވެ. މި މައްސަލަ ތަހުގީގުކުރުމަށް އެމަނިކުފާނު ރޭ އުފެއްދެވި ރިޔާސީ ކޮމިޝަނަށް ގިނަ ބާރުތަކެއް ދެއްވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ކޮމިޝަނުން ރަނގަޅު މަސައްކަތްތަކެއްކޮށް އިންސާފުވެރި ތަހުގީގެއް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. "އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ ހަގީގަތް ހޯދުމުގައި ނޫނިއްޔާ ބަލަންޖެހޭ ކަމެއް ބެލުމުގައި. ހުރަހެއް ކުރިމައްޗެއްވެސް ނުކުރެވޭނެ. ސުވާލުނުކުރެވޭނެ ފަރާތެއް ނުހުންނާނެ ޓަކި ނުޖެހޭނެ ދޮރެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ. ބޭރުގެ ފަރާތްތަކުން ހޯދަންޖެހޭ އެހީތެރިކަން ހޯދުމުގެ ބާރުވެސް ކޮމިޝަނަށް ދެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިކަމުގައި އިންސާފުވެރި ތަހުގީގެއް ހިންގައި މި މައްސަލާގައި އުފެދިފައިވާ ހުރިހާ ސުވާލަކަށްވެސް ޖަވާބު ލިބުން އެއީ އެމަނިކުފާނުވެސް ބޭނުންފުޅުވާ ގޮތްކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކަމާއި ގުޅިގެން ޒުވާނުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަކީ ހަގީގީ ކަންބޮޑުވުންތަކެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު