Saturday, October 31
ސިޔާސީ ފައިދާ ނަގަން ޖާގަ ނުދިނުމަށް ޒުވާނުންނަށް ރައީސް އިލްތިމާސްކުރައްވައިފި

ސިޔާސީ ފައިދާ ނަގަން ޖާގަ ނުދިނުމަށް ޒުވާނުންނަށް ރައީސް އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާ އަށް ވަޑައިގަތުމުގެ ކުރިން ދެއްވި އިންޓަވިއުއެއްގައި، މިހާރު ޒުވާނުން ކުރަމުން ގެންދާ އިހްތިޖާޖަށް އިޝާރާތް ކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޒުވާން ކުދިންގެ ޖަޒުބާތާ ކަންބޮޑުވުމަކީ ޖެނުއިން ކޮންސަރން ތަކެއް ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ފައިދާ އެހެން ބަޔަކަށް ނެގުމުގެ ފުރުޞަތު ނުދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"ތިކުދިންގެ ތި ކަންބޮޑުވުމާއި ތި ޖަޒުބާތާއި ތި ހަމަ ޖެނުއިން ކޮންސަރން ގެ މިސްޔޫޒްވިޔަ ނުދޭށޭ އެއްވެސް ފަރާތަކަށް" ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ފެނިގެން މިދަނީ ސިޔާސީ ފަރާތްތަކަކުން ޒުވާނުންގެ ބޭނުން ،، ނުވަތަ އެ ޝުއޫރުތަކުގެ ބޭނުންކޮށްގެން ސިޔާސީގޮތުން ޤައުމުގެ ހަލަބޮލިކަން އުފައްދަން އުޅެތަން ފެންނަމުންދާ ކަމަށެވެ. އެއީ ޒުވާނުންވެސް އަދި އިްނސާފާ ހަމައަށް ލޯބިކުރާ އެއްވެސް ފަރާތަކުން ބޭނުންވާ ގޮތް ނޫންކަމަށެވެ.

އެހެން ކަމުން ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް އެއްވެސް ފަރާތްތަކަށް ފުރުޞަތު ނުދިނުމަށް ރައީސް ވަނީ ޒުވާނުންގެ ފަރާތުން އެދިވަޑައިގެންފައެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހެންވޭރު ގެއެއްގެ 9 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅަށް 21 އަހަރުގެ އަންހެންކުއްޖަކު ވެއްޓުނު މައްސަލައާއި ގުޅިގެން ޒުވާނުންތަކެއް ދަނީ އެކަމާއި އަޑުއުފުލަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު