Friday, November 13
ޔޫރިން ސާމްޕަލް ނުދިން މީހުންގެ މައްސަލަ ތަހުގީގުކުރަން ޕީޖީ އަންގައިފި

މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގުގައި ބައެއް މީހުން ކުޑަކަމުދާތަކެތީގެ ސާމްޕަލް ނުދިން މައްސަލަ ތަހުގީގުކޮށް، ދައުވާކުރަން ފޮނުވަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.

މިއަދު ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން 24 އޭޕްރީލުގައި ފުލުހުންގެ ހިދުމަތަށް ޕީޖީ އޮފީހުން ހާއްސަ އިރުޝާދުތަކެއް ދީފައިވާ ކަމަށެވެ.އެ ބަޔާނުގައި ބުނީ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރި ބައެއް މީހުން މަސްތުގެ ހާލަތުގައި ތިބިކަމަށް ބެލެވެނު ނަމަވެސް އެމީހުން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރިކަން ފުލުހުން ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރުމާ ގުޅިގެން، ގާނޫނާ އެއްގޮތަށް ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން، އެތަކެތި ނުދީފިނަމަ، އެ މައްސަލައަކީ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރުމުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަންޖެހޭނެ ކަމެއްކަން ޕީޖީ އޮފީހުން ފުލުހަށް އަންގާފައިވެއެވެ.

މި މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އެއްވެސް އޮފިސަރެއްގެ އިހުމާލެއް ނުވަތަ އިޖުރާއާތާ ހިލާފު އަމަލެއް ހިމެނޭކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށްވެސް އަންގާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު