އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް ކަމަށެވެ. ކައުންސިލުން ވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2025 އެޕްރީލް 27 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން 2025 މޭ 04 ވާ އާދީއްތަ ދުވަހުގެ 14:00 އާއި ހަމައަ އެ އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށް އެދިފައެވެ.
ސިޓީ ކައުންސިލުން ބުނީ މި މަސައްކަތާއި ގުޅިގެން ބޭއްވޭ މައުލޫމާތު ސެޝަން އޮންނާނީ 2025 މޭ 05 ވާ ހޯމަ ދުވަހުގެ 10:00 ގައި މަރަދޫފޭދޫ އަވަށު އޮފީހުގައި ކަމަށާއި، ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2025 މޭ 15 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އެ އިދާރާގައި ކަމަށެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެ ކަމަށްވެސް ކައުންސިލުން ބުންޏެވެވެ.
މި މަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 5،100ރ. ހުށަހަޅަން ޖެހޭނެއެވެ. ކައުންސިލުން ބުނީ ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެ ކަމަށާއި، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަސް ކަމަށެވެ.
މީގެ އިތުރުން އެ އިޢުލާނުގައިވާ ގޮތުން ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެ ކަމަށާއި، މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން