ފަސް މިލިއަން ގަސް ޕްރޮގްރާމްގެ އޮފިޝަލުން ޗައިނާގެ ޕީޕަލްސް ރިޕަބްލިކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ފުޖިއަން އަދި ޒަންގްޒޯ ސިޓީތަކުގެ ނާސަރީތަކަށް ޒިޔާރަތްކުރައްވައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ބުނީ މިއީ ދިވެހިރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ތެރެއިން ކުރެވޭ ދަތުރެއް ކަމަށެވެ.
ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އަތީފް އިސްކޮށް ހުންނަވައިގެން ކުރައްވާ މި ދަތުރުގައި، ޗައިނާގެ ގަސް އިންދުމާއި ބެލެހެއްޓުމުގެ ދާއިރާގައި ކުރިއަރާފައިވާ ޓެކްނޮލޮޖީތަކާއި އުކުޅުތައް ދެނެގަތުމަށް މަސައްކަތްކުރައްވާ ކަމުގައި އެ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން ފުޖިއަން އަދި ޒަންގްޒޯ ސިޓީތަކުގެ ނާސަރީތަކަށް ކުރެއްވި ޒިޔާރަތުގައި، ދިވެހި ވަފުދުން އެ ތަންތަނުގައި ގަސް އުފައްދާ ގޮތާއި، ބަލަހައްޓާ ގޮތުގެ މައުލޫމާތު ހޯއްދަވާފައިވާ ކަމަށާއި، ރާއްޖޭގެ މޫސުމާ ގުޅޭ ގަސްތައް އުފެއްދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.
އެ ވުޒާރާއިން ބުނީ މި ދަތުރުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ތިމާވެށީގެ ދާއިރާއިން އެއްބާރުލުން އިތުރުވެގެންދާނެކަމަށްވެސް އުއްމީދުކުރެވޭ ކަމަށެވެ.
މި ލިޔުން ކިޔާލުމުން