Friday, November 13
މޭޑޭގައި އެމްޑީޕީން މާލޭގައި ބޮޑު އެއްވުމެއް ބާއްވަނީ
މަސައްކަތްތެރިންގެ ހައްގުގައި މޭޑޭގައި އިދިކޮޅު އެމްޑީޕީން މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވާކަން އެޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީގެ ރަސްމީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، އެމްޑީޕީން އަބަދު ވެސް އަންނަނީ މަސައްކަތްތެރީންނަށް އެ އިރެއްގައި ދަތިވެފައި އޮންނަ ހައްގުތައް ހޯދައިދޭން މަސައްކަތްކުރަމުން ކަމަށެވެ. އެ ގޮތުން، މި އަހަރުގެ މޭޑޭގައި ވެސް ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހަރަކާތް ފަށަން ނިންމާފައިވަނީ އެ ރޭގެ 8:30 ގައި އާޓިފިޝަލް ބީޗުންނެވެ. އެ ހަރަކާތުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މި އެއްވުމުގައި ގިނަ އަދަދެއްގެ މަސައްކަތްތެރީން އަމަލީ ގޮތުން ބައިވެރިވާނެ ކަމަށެވެ. ބިގޭ ވިދާޅުވީ، އެއްވެސް އަސާސީ ދަތިކަމެއް ތަހަންމަލުކުރަން ނުޖެހޭ މީހަކު މިހާރު ނެތް ކަމަށެވެ. ގިނަ ބައެއްގެ ހައްގުތަކަށް ސަރުކާރުން އަރައިގެންފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު