Friday, November 13
ޔުމްނު އެންސްޕާގެ އެހީ ހަމަޖައްސައި ބޭރަށް ފުރުވާލަނީ

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް  ވެއްޓުނު ކަމަށް ތުހުމަުކުރެވޭ ހައްވާ ޔުމްނު ރަޝީދު، އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދިޔުމުގެ އިންތިޒާމުތަކާއި ބޭސްފަރުވާގެ ހުރިހާ ކަމެއް އެންސްޕާ މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށް އާއިލާ އިން މިރޭ ބުނެފި އެވެ

އާއިލާގެ ފަރާތުން، މިރޭ މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން  އަންނަ އާދީއްތަ ދުވަހު ސްރީ ލަންކަން އެއާލައިންސް ފްލައިޓުން ޔުމްނު މެލޭޝިއާ އަށް ގެންދިޔުމުގެ އިންތިޒާމުތައް އެންސްޕާ މެދުވެރިކޮށް މިހާރު ވަނީ ހަމަޖެހިފައެވެ.

މެލޭޝިއާ އަށް ގެންދިޔުމާއި ބޭސްފަރުވާގެ ހުރިހާ ހަރަދެއް އެންސްޕާ މެދުވެރިކޮށް ސަރުކާރުގެ ހަރަދުގައި ހަމަޖައްސައި ދީފައިވާ ކަމަށް އާޢިލާގެ ފަރާތުން ބުނެފައިވެއެވެ.

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ގ. އެރިއަދޫ، ރައުދު އަޙްމަދު ޛިލާލްގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު