Saturday, October 31
މުލީ އެއާޕޯޓަށް ކާމިޔާބުކަމާއެކު ޓެސްޓް ފްލައިޓް ޖައްސައިފި
މ. މުލީ އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ނިމި، ފުރަތަމަ ޓެސްޓް ފްލައިޓް އެ އެއާޕޯޓުގެ ރަންވޭގައި ކާމިޔާބުކަމާއެކު މިއަދު ޖައްސައިފިއެވެ. މިކަމަށްޓަކައި މިއަދު މުލީ އެއާޕޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު، އަޙްމަދު ނާޒިމާއި، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، އިސްމާޢީލް ޙަމީދާއި، އެމްޓީސީސީގެ ޗީފް އޮޕަރޭޝަންސް އޮފިސަރ ސިނާން ޢަލީގެ އިތުރުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު މުބީން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މ. އަތޮޅުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެއެވެ. މުޅި މަޝްރޫޢު ނިންމާ ޚިދުމަތް ދޭން ފުރަތަމަ ޕްލޭންކުރީ 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ. ނަމަވެސް މަސައްކަތްތައް ލަސްވުމާ ގުޅިގެން އެންމެ ފަހުން ތާވަލު ކުރީ މިއަހަރުގެ މެދުތެރޭގައި ޚިދުމަތް ފެށޭވަރަށް ނިންމުމަށެވެ. މުލީ އެއަރޕޯޓްގައި ތަރައްޤީކޮށްފައިވަނީ 1200 މީޓަރު ދިގު، 30 މީޓާރު ފުޅާ ރަންވޭއެކެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. މި މަޝްރޫޢުއަކީ ސަރުކާރުން 221 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ. މުލަކަތޮޅަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅެކެވެ. އެ އަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު، އަތޮޅުގެ އާބާދީ އުޅެނީ 8000 އިން ދަށުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު