މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ގ. އެރިއަދޫ، ރައުދު އަޙްމަދު ޛިލާލްގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ ރައުދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ރައުދު ހައްޔަރުކުރީ އިއްޔެ 18:20 ގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
މީގެ އިތުރުން، ފުލުހުން ވަނީ ރައުދާއި ފުރާޅު މައްޗަށް ވެއްޓުނު 21 އަހަރުގެ އަންހެން ކުއްޖާ ހިމެނޭހެން ޖުމުލަ ހަތް މީހެއްގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފައެވެ.
މި މައްސަލައާ ގުޅިގެން މާންދޫގެ ދެކުނުގެ ޓެރަހާއި ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި ތިންވަނަ ފަންގިފިލާ ބަލައިފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާޢު ވިދާޅުވީ މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެޕްރީލް 18 ވަނަ ދުވަހުގެ 7:30 ހާއިރު އާންމު ފަރާތަކުން ކަމަށާއި، އެމްއެންޑީއެފްގެ އެހީއާއެކު އެ ކުއްޖާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ އެ ދުވަހު 08:00 ހާއިރު ކަމަށެވެ.
އަދި އެ ކުއްޖާއަކީ ކާކުކަން ދެނެގަނެ، އޭނާގެ ޢާއިލާއަށް ހާދިސާގެ މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި، އެ ހާދިސާ ހިނގައިދިޔަ ގޮތް ހޯދުމުގެ މަސައްކަތް އެހިސާބުން ފަށައި، އެ ކުއްޖާ ވެއްޓުނު އިމާރާތުގެ ވެރިފަރާތާ ގުޅައިގެން ސީސީޓީވީ ފުޓޭޖު ހޯދި ކަމަށެވެ.
މީގެ އިތުރުން، ސީސީޓީވީ ފުޓޭޖު ބެލި ބެލުމުން، އެ އަންހެން ކުއްޖާއާއެކު ހުކުރު ދުވަހުގެ ފަތިހު އިތުރު މީހަކު އުޅުނުކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެ ކުއްޖާއާއެކު އުޅުނީ ގ. އެރިޔަދޫ، ރާއޫދު އަޙްމަދު ޒިލާލް (21 އ) ކަން ދެނެގަނެވިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ ރާއޫދާ ސުވާލުކުރުމުން އޭނާއާއެކު އިތުރު ހަތް މީހަކު އެރޭ މާލޭގެ އެހެން ދެ ގެއެއްގައި އެއްކޮށް އުޅުނުކަން އެނގިފައިވާ ކަމަށާއި، އެ އެންމެންގެ ބަޔާންވެސް ނަގައި ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި ރާއޫދު ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ލިޔުން ކިޔާލުމުން