ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ (ރިޓަޔަރޑް) އަޙްމަދު ފަސީޙް، އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޖީ. ބާލަސުބްރަމާނިއަނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ކެޕޭސިޓީ ބިލްޑިންގ އާއި ތަމްރީނުގެ ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން، ދެ ޤައުމު ގުޅިގެން ބޯޑަރ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ.
Controller General of Immigration, CP (Retd) Ahmed Faseeh, met with Indian High Commissioner to the Maldives, H.E. G. Balasubramaniam. The discussion was focused on capacity building, exploring training opportunities, and enhancing border operations through closer collaboration.… pic.twitter.com/bZHXYbIVpT
— Maldives Immigration (@ImmigrationMV) April 25, 2025
މި ބައްދަލުވުމުގައި ސަފީރުގެ އަރިހުގައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކޮންޓްރޯލަރ ޖެނެރަލްގެ އަރިހުގައި އިމިގްރޭޝަންގެ ބައެއް އިސްވެރިންވެސް ބައިވެރިވެލެއްވިއެވެ.
އިންޑިއާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް އަރުއްވާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު އެވެ.
މި ލިޔުން ކިޔާލުމުން