Monday, November 16
އަންހެން ކުދިންގެ ތަޢުލީމަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަޤުބަލަށް އިންވެސްޓްކުރުން: ރައީސް
އަންހެން ކުދިންގެ ތަޢުލީމަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަޤުބަލަށް އިންވެސްޓްކުރުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ "ގާލްސް އިން އައިސީޓީ ޑޭ" އާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ރައީސް ވިދާޅުވީ މިއީ ފަންނިއްޔާތުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާން އަންހެނުންގެ ޤާބިލިއްޔަތު ފާހަގަކުރާ ދުވަހެއް ކަމަށެވެ. މީގެ އިތުރުން، ކޮންމެ އަންހެން ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމެއް ލިބި، ޑިޖިޓަލް ހުނަރުތައް ތަރައްޤީކުރެވޭނެ އަދި އީޖާދީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އިސްކޮށް ހުރެގެން ޤައުމު ކުރިއަށްގެންދިއުމަށް ބާރުވެރިވާފަދަ މާހައުލެއް އުފެއްދުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފައެވެ. އަދި ރައީސް ވިދާޅުވީ އަންހެން ކުދިން ތަޢުލީމާއި ބާރުވެރިކުރުވުމަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަޤުބަލަށް އިންވެސްޓްކުރުން ކަމުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު