Monday, November 16
ސުލްޙަމަސްލަސްކަމަށް ހަނގުރާމައެއް ނެތުމަށްވުރެ ގިނަ ކަންތައްތަކެއް ބޭނުންވޭ: ރައީސް
ސުލްޙަމަސްލަސްކަމަށް ހަނގުރާމައެއް ނެތުމަށްވުރެ ގިނަ ކަންތައްތަކެއް ބޭނުންވާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ "އިންޓަރނޭޝަނަލް ޑޭ އޮފް މަލްޓިލެޓަރަލިޒަމް އެންޑް ޑިޕްލޮމަސީ ފޮރ ޕީސް" އާ ގުޅިގެން މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ރައީސް ވިދާޅުވީ ދުނިޔޭގެ ކޯޅުންތަކާއި، ހަމަހަމަކަން ނެތުމާއި މޫސުމީ މައްސަލަތަކުގެ ތެރޭގައި މި ދުވަސް ފާހަގަކުރުމުން ހަނދާންކޮށްދެނީ، ހަނގުރާމައެއް ނެތުމަށްވުރެ ގިނަ ކަންކަން ސުލްހައަށް ބޭނުންވާ ކަމަށެވެ. އެގޮތުން ސުލްހައަށް ބޭނުންވަނީ މަޝްވަރާއާއި އިންސާފާއި އެންމެން އެކުގައި ފިޔަވަޅު އެޅުން ކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބައިބައިވެފައިވާ މި ދުނިޔޭގައި މަލްޓިލެޓަރަލިޒަމަކީ އުއްމީދެއް ކަމަށާއި، އޭގެއިން ދައްކައިދެނީ އެއްބާރުލުމާއި އިތުބާރުގެ ތެރެއިން ގޮންޖެހުންތަކުން އަރައިގަނެ، މިއަށްވުރެ ހަމަހަމަ މުސްތަޤުބަލެއް ބިނާކުރެވޭނެކަން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު