ދުވާފަރުގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި ނުގަވާއިދުން އުޅެމުންދިޔަ 51 ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް، ރ. ދުވާފަރުގައި އިއްޔެ ޓާސްކް ފޯސްއިން ޚާއްޞަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް، ރ. ދުވާފަރުގައި އިއްޔެ ޓާސްކް ފޯސްއިން ވަނީ ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. ދުވާފަރު ކައުންސިލްގެ އެއްބާރުލުމާއެކު ހެނދުނު 8:00 އިން ހަވީރު 5:45 އަށް ކުރިއަށް ގެންދެވުނު މި ރެއިޑު އޮޕަރޭޝަންގައި 100 އަށްވުރެ… pic.twitter.com/Epli5qMxrM
— Maldives Immigration (@ImmigrationMV) April 24, 2025
މީގެ އިތުރުން އިމިގްރޭޝަނުން ބުނީ ދުވާފަރު ކައުންސިލްގެ އެއްބާރުލުމާއެކު ހެނދުނު 8:00 އިން ހަވީރު 5:45 އަށް ކުރިއަށް ގެންދެވުނު މި ރެއިޑު އޮޕަރޭޝަންގައި 100 އަށްވުރެ ގިނަ ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 51 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން ދަނީ ދޭތެރެދޭތެރެއިން މިފަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މިގޮތުން އިމިގްރޭޝަނުން ވަނީ އެޕްރީލް 9 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 އަދި 2 ގައި ހިމެނޭ ހަތަރު ކެފޭއެއް ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު ހައްޔަރުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން