Saturday, October 31
ޤާނޫނީ ވެރިކަން ދަމަހައްޓާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް: ވަޒީރު އާދަމް ޝަރީފް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤާނޫނީ ވެރިކަން ދަމަހައްޓަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވަޒީރު ވިދާޅުވީ އެއްވެސް ތަފާތު ކުރުމެއް ނެތި ޤާނޫނުތައް ނަގަހައްޓައި، ޤާނޫނީ ވެރިކަން ދަމަހައްޓާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ. ވަޒީރު މިހެން ޕޯސްޓްކުރެއްވިއިރު، ރައީސް ޑރ. މުޢިއްޒު ވަނީ ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރުމުގައި، ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާ ކަމަށާއި އަދި ނުވެސް ކުރައްވާނެ ކަމަށް މިއަދު ވިދާޅުވެފައެވެ. މީގެ އިތުރުން އެ މީހެއްގެ ޙަސަބަކަށް، ނަސަބަކަށް، މަޤާމަކަށް، މުއްސަނދިކަަމަކަށް، ރަޙްމަތްތެރިކަމަކަށް، ޢާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުއޮންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވިއިރު، މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީގެ މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫނާއި، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީ އަދި "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސްގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު ޒިލާލްގެ ކޮއްކޮ، ރާއޫދު އަޙްމަދު ޒިލާލް ހިމެނެއެވެ. މި މައްސަލައާ ގުޅިގެން އިޒްދިޔާން މަޤާމުން ވަކިކޮށްފައިވާއިރު، ދާއޫދު ވަނީ މުސާރަ ނުލިބޭ ގޮތަށް އަންޑަރ ސެކްރެޓަރީގެ މަޤާމުން ސަސްޕެންޑްކޮށް، ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީން ވަކިކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު