ނ. މާޅެންދޫން 20 ގުރާމުގެ މަސްތުވާތަކެތި ހޯދައިފިއެވެ.
މި ތަކެތި ހޯދާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނ. މަނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މާޅެންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނީ މި އެޕްރީލް މަހުގެ 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާޅެންދޫ ފަޅުގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. ފުލުހުން ބުނީ މި ތަކެތީގެ ވަގުތީ ބަރުދަނަކީ 20.4 ގުރާމު ކަމަށާއި، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން