މިގޮތުން ޕީސީބީން ބުނީ މަޤާމުގައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެންބަރުކަމުގައި ހުންނެވި މއ. ވޭސަިއޑް 805 ފްލެޓް، އަލްފާޟިލް އަޙްމަދު ޢަލީ، 23 އޭޕްރީލް 2025 ގައި އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން ވަކި ކުރެވިފައިވާ ކަމަށެވެ. ޑިވެލޮޕްމަންޓް ބޭންކަކީ ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް އުފެއްދެވި ބޭންކެކެވެ. ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކް އުފެއްދީ މިދިޔަ މޭ މަހުގެ 16ވަނަ ދުވަހުއެވެ.ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑު މެންބަރުކަމުގެ މަޤާމުގައި ހުންނެވި މއ. ވޭސަިއޑް 805 ފްލެޓް، އަލްފާޟިލް އަޙްމަދު ޢަލީ، 23 އޭޕްރީލް 2025 ގައި އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން ވަނީ ވަކި ކުރެވިފައެވެ.
— Privatization & Corporatization Board (@pcb_gov) April 24, 2025
އެ ބޭންކުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވާފައިވަނީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކައެވެ. އެއީ، 25 އަހަރުގެ ތަޖުރިބާ ހުންނެވި މާލީ ދާއިރާގެ މާހިރެކެވެ.






