ނ. ވެލިދޫގައި ޤާއިމްކުރާ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މި މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ނ. ވެލިދޫގައި ޤާއިމްކުރެވޭ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން ފައުންޑޭޝަން ކޮންކްރީޓް ލީން އަދި ފެންސު ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.#TeamRDC pic.twitter.com/ZPNGqKHWDa
— Road Development Corporation Ltd (@rdcmaldives) April 23, 2025
މިގޮތުން އާރުޑީސީން ބުނީ ވެލިދޫ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން ފައުންޑޭޝަން ކޮންކްރީޓް ލީން އަދި ފެންސު ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވެލިދޫގައި ހޮސްޕިޓަލަކާއި ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން