Saturday, October 31
މާލޭގެ އިސްރަށްވެހިންނަށް ޓޭބަލް ޓެނިސް ކުޅެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަޝްވަރާކޮށްފި
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް، އިހާ ޓޭބަލް ޓެނިސް އެކެޑެމީގެ އެޑްވައިޒަރު އަޙުމަދު ލަޠީފާއި އެ އެކެޑެމީގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި މާލޭގެ އިސްރަށްވެހިންގެ ނާދީގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޓޭބަލް ޓެނިސް ކުޅެވޭނެ އިންތިޒާމް ހަމަޖައްސައި އެފަރާތްތަކަށް ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން މި ކުޅިވަރު ޕްރޮގްރާމްގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ލިބިގެންދާނެ ފައިދާތަކާއި އަދި އެއްޖީލު އަނެއްޖީލުގެ މެދުގައި ހުންނަ ހުސްކަން ކުޑަކުރުމަށް އެހީތެރިވެދޭނެ ގޮތްތަކާމެދުވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު