Friday, November 13
1500 އެލައިޑް ހެލްތު ޕްރޮފެޝަނަލުން ތަމްރީނު ކުރުމަށް ސޮއިކޮށްފި

އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ދާއިރާއިން 1500 ދިވެހިން ތަމްރީނު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރ އަބުދުﷲ ނާޘިމް ،މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު އަދި އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ފަރާތުން ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމް ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވަފައެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބުދުﷲ ނާޘިމް ދެއްވި ވާހަކަފުޅުގައި އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ދާއިރާގައި ތަމްރީނުވެފައިތިބި ދިވެހިންގެ އަދަދު މަދުކަން ފާހަގަކުރައްވާ، މިދާއިރާއިން މީހުން ތަމްރީން ކުރުމަށް ސަރުކާރުން ފެށި މި މަސައްކަތުގެ ސަބަބުން މިދާއިރާއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވިދާޅުވިއެވެ. އަދި މިދާއިރާއިން މީހުން ތަމްރީން ވުމަށް ހުޅުވާލާ މި ފަދަ ފުރުސަތުގެ ބޭނުން ދިވެހި ހިފުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ތަމްރީން ކުރުމަށް ނިންމާފައިވާ އެލައިޑް ހެލްތްއަށް ނިސްބަތް ވާ ވަރަށް ގިނަ ދާއިރާތައް ހިމެނެއެވެ.

އޭގެތެރޭގައި ކައުންސިލިން، ސްޕީޗްތެރަޕީ، އޮކިއުޕޭސަނަލްތެރަޕީ، ފިޒިއޮތެރަޕީ، ކޮމިއުނިޓީހެލްތް، ޑައެޓީޝަނުން، ޕެރަމެޑިކްސް ރޭޑިއޯގްރަފީ، ބައޯމެޑިކަލް އިންޖީނިއަރިން ފަދަ މުހިއްމު ދާއިރާތައް ހިމެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު