Friday, November 13
ޖައިކާ އިން ޓިވެޓް ދާއިރާ ކުރިއެރުވުމަށް މަޝްވަރާކޮށްފި

މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)އާއި ދެމެދު ޓެކްނިކަލް-ވޮކޭޝަނަލް ޓްރޭނިންގ (ޓިވެޓް) ދާއިރާގެ ތަރައްޤީއާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި، އެމްއެންއެސްޑީއޭ އިން ދިވެހިރާއްޖޭގެ ޓިވެޓް ދާއިރާ ކުރިއެރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގައި ޖޭއައިސީއޭގެ އެހީއާއި އެއްބާރުލުން ހޯދުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. އެގޮތުން، ރާއްޖޭގައި ކުރިއަށްގެންދާ އެކި ޓިވެޓް ޕްރޮގްރާމްތަކުގެ ކަރިކިއުލަމްތަށް އެކުލަވައިލުމާއި އެ ޕްރޮގްރާމްތަށް ކުރިއަށްގެންދިޔުމާއި އެ ޕްރޮގްރާމްތަކާއި ގުޅޭ ނޭޝަނަލް އެސަސްމަންޓްތަށް ކުރިއަށްގެންދިޔުމަށް ބޭނުންވާ ވަޞީލަތްތަށް ފޯރުކޮދިނުމުގެ އިތުރުން ނޭޝަނަލް އެސަސަރުން ތަމްރީނުކުރުމުގައި ޖޭއައިސީއޭ އިން އެމްއެންއެސްޑީއޭއާއި ގުޅިގެން މަސައްކަތްކުރުމަށް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

އެމްއެންއެސްޑީއޭގައި ބޭއްވުނު މި ބައްދަލުވުމުގައި، އެމްއެންއެސްޑިއޭގެ ސީއީއޯ، ޑރ.ޒަހްރާ މުޙައްމަދުގެ އިތުރުން އެ އިދާރާގެ އެހެނިހެން އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ. އަދި ޖޭއައިސީއޭގެ ފަރާތުން މރ.ޓަކި މޮޓޫ ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު