Friday, November 13
ޞިއްހީ ހިދުމަތް ދޭ ތަންތަނުގެ ޖާގަ އިތުރުކުރުމުގެ 60 މަޝްރޫއެއް މި އަހަރު ކުރިއަށްގެންދާނެ: މިނިސްޓަރ

މި އަހަރުގެ ތެރޭގައި 24 ރަށެއްގައި އާ ހޮސްޕިޓަލު އަޅަން ކުރެވި، ފަސް ސިއްހީ މަރުކަޒާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޖާގަ އިތުރުކުރުމުގެ 60 މަޝްރޫއެއް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ޅ. ނައިފަރު ހޮސްޕިޓަލް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މި ވަގުތު 19 ހޮސްޕިޓަލާއި 15 ސިއްހީ މަރުކަޒުގެ އާ އިމާރާތް އަދި އެ ތަންތަނުގެ ޖާގަ އިތުރުކުރަން 21 މަޝްރޫއެއް ހިނގަމުންދާ ކަމަށެވެ. މި ތަންތަނުގެ ތެރެއިން ބައެއް ތަންތަނުގައި މަސައްކަތް ފެށުމަށް މިހާރު ތަކެތި މޮބިލައިޒް ކުރަމުން އަންނަކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ރައީސްގެ ވަރަށް މުހިއްމު ތަސައްވުރެއް އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް ފުޅާކޮށް، ހާއްސަކޮށް ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ލެވެލްއަށް ހިދުމަތްތައް ބަދަލުކުރުން. އެ ތަންތަނަށް ސަބް-ސްޕެޝަލިޓީގެ ހިދުމަތްތައް ތައާރަފްކުރަން އެބަޖެހޭ. އެގޮތުން ނެފްރޮލޮޖީ، ކާޑިއޮލޮޖީ، ކެތު ލެބު ފަދަ ހިދުމަތްތައް އަންނާނެ ގޮތަށް ޓާޝަރީ ފެންވަރަށް އެ ތަންތަން ތަރައްގީކުރެވިގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު