މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ޑިރެކްޓަރުން ބޯޑަށް ބޭފުޅަކު ޢައްޔަންކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މަޤާމަށް ޢައްޔަންކޮށްފައިވަނީ ހއ. ފިއްލަދޫ، މަބުސްތާނުގެ، އަލްފާޟިލް މުޙައްމަދު ވަޙީދު ކަމަށެވެ.
މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް، ހއ. ފިއްލަދޫ، މަބުސްތާނުގެ، އަލްފާޟިލް މުޙައްމަދު ވަޙީދު މިއަދު ވަނީ އައްޔަނުކުރެވިފައެވެ.
— Privatization & Corporatization Board (@pcb_gov) April 23, 2025
މުޙައްމަދު ވަޙީދަކީ މީގެ ކުރިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ބޯޑު މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އެޗްޑީސީގެ ބޯޑަށް ޢައްޔަންކުރެވުނު މުޙައްމަދު ވަޙީދު އެ ކުންފުނީގެ ބޯޑުން ވަކިކުރީ މި އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.
މުޙައްމަދު ވަޙީދު ވަނީ މީގެ ކުރިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހައުސިންގ މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވައިފައެވެ.
މި ލިޔުން ކިޔާލުމުން