Friday, November 13
އިންޑިއާގެ އަވަށަކަށް ދިން ޓެރަރިސްޓް ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސްގެ ތައުޒިޔާ
އިންޑިޔާގެ ޕަހަލްގަމް ކިޔާ އަވަށަކަށް ޓެރަރިސްޓް ޖަމާޢަތަކުން ދިން ހަމަލާގައި ނިޔާވި އަދި ޒަޚަމްވި މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޕަހަލްގަމް އަވަށަށް ދިން ނިރުބަވެރި ހަމަލާގައި އެތައް ބަޔަކު ނިޔާވެ، ޒަޚަމްވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއި ކުއްލި ހައިރާންކަމާއި އެކުގައިކަމަށެވެ.  ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނީ ޓެރަރިޒަމް އާއި އެކަމާއި ގުޅުންހުރި އެންމެހާ ޢަމަލުތަކާ ދެކޮޅަށްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ޕަހަލްގަމުގައި ދިން ޙަމަލާގައި މަރުވި މީހުންނަށާއި ޒަޚަމްވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވާފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ޙަމަލާގައި ޕަހަލްގަމްއަށް ޒިޔާރަތްކުރި 28 ފަތުރުވެރިއަކު މަރާލާފާވާއިރު، 20 މީހަކު ވަނީ ޒަޚަމްކޮށްލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު