Monday, November 9
މިއަހަރު އަލަށް 1290 އެނދު އިތުރު ކުރެވޭނެ: ތާރިގު

މިއަހަރު މުޅިން އަލަށް ފަތުރުވެރިކަމުގެ ދާއިރާއަށް 1،290 އެނދު ނެރެވޭނެކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތޯރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ތަރައްގީއަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކްލޯޒް ބިޑިންގެ ތެރެއިން 10 ތަނެއް އިންވެސްޓަރުންނާ ހަވާލުކުރެވިފައިވާއިރު ކްރޮސް ސަބްސިޑީގެ އުސޫލުގެ ތެރެއިން ތިން ތަނެއް އަދި އޯޕަން ބިޑިންގެ އުސޫލުން ތިން ތަނެއް ހަވާލުކުރެވިފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރުވެސް 156 ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 61 ތަނެއްގެ މަސައްކަތް މަޑުޖެހިފައި ހުރިކަން ފާހަގަކުރައްވަމުން ޠާރިޤު ވިދާޅުވީ އެތަންތަނުގެ މަސައްކަތް އަލުން ފަށައިގަނެ ކުރިއަށްގެންދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަަށެވެ.

ޠާރިޤު ވިދާޅުވީ ރާއްޖޭގައި އޮޕަރޭޓުކުރަމުންދާ ރިސޯޓުތަކުގެ ތެރެއިން 65 ރިސޯޓަކީ ދިވެހި ބްރޭންޑުތަކުން ހިންގަމުންދާ ރިސޯޓުތައް ކަމަށެވެ. އަދި 110 ރިސޯޓެއް އޮޕަރޭޓުކުރަނީ ބޭރުގެ ފަރާތްތަކުން ކަމަށެވެ.

ފަތުރުވެރިކަމަށް މިދިޔަ އަހަރު އަލަށް 1500އަށް ވުރެ ގިނަ އެނދު ނެރެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރު ނިމުނުއިރު، ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ ޖުމްލަ އަދަދު ހުރީ 61650 ގައެވެ. އަދި މިހާރު މިއަދަދުވަނީ 63248އަށް އަރާފައެވެ. މިއީ 1598 އެނދުގެ އިތުރުވުމެކެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން މިވަގުތު މަސައްކަތް ކުރަނީ ހއ. ހދ އަދި ތ އަތޮޅުގައި ފަތުރުވެރިކަން އިތުރުކޮށް ޓޫރިޒަމް ފުޅާކުރުމަށް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު