Saturday, October 31
ކުޑަހުވަދޫގައި 160 އެޕާރޓްމަންޓް ހަދަން އާރުސީސީ އާއި ހަވާލުކޮށްފި

ދ. ކުޑަހުވަދޫގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮމެޕެނީ (އާރުސީސީ) އިން  160 އެޕާޓްމަންޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މާވޭރުގެ ނަމުގައި އަޅައި މި ޓަވަރުތަކުގެ ތެރެއިން "ޓަވަރ އޭ" އެޅުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ މި އެއްބަސްވުމުގައި އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދެވެ. ކުޑަހުވަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުޙައްމަދު ޝިހާމެވެ.

160 އެޕާޓްމަންޓް ތަރައްޤީކުރަން ހަމަޖެހިފައިވަނީ 2 ޓަވަރެއްގައެވެ.

Rasheed Carpentry & Construction has officially signed the agreement for Maaveyru (Tower A) with Dh. Kudahuvadhoo...

Posted by RCC Private Limited on Tuesday, April 22, 2025

 

އާރުސީސީން ބުނީ "މާވޭރު ޓަވަރ" އޭ މަޝްރޫޢުގެ ދަށުން ހަދާނީ 2 ބްލޮކްގެ 80 އެޕާޓްމަންޓު ކަމަށެވެ. ކޮންމެ އެޕާޓްމަންޓެއްގެ އަގަކީ ޖީއެސްޓީއާ ނުލައި 1.5 މިލިޔަން ރުފިޔާއެވެ.

މިއިން ކޮންމެ ޓަވަރެއްގައި 2 ލިފްޓް ހުންނާނެއެވެ. އަދި މި އެޕާޓްމަންޓްތަކުގައި 3 ކޮޓާރިއާއި 3 ފާޚާނާ ހުރެއެވެ. އާރުސީސީން މިހާރު ވަނީ އެޕާޓްމަންޓްތައް ގަތުމަށް ފުރުޞަތު ހުޅުވާލާފައެވެ.

ކުޑަހުވަދޫއަކީ އެއަރފޯޓެއް އޮންނަ އުމުރާނީ ތަރައްޤީގައި ވަރަށް ކުރިއަރާފައިވާ ރަށެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު