ޓާރޝަރީ ފެންވަރަށް ތަރައްޤީކުރާ ހޮސްޕިޓަލް ތަކުން މާލެއިން ލިބޭ ޚިދުމަތްތައް ލިބޭނެ ކަމަށާއި އެ ހޮސްޕިޓަލްތައް ތަރައްޤީކުރުމުން މާލެއަށް ފޮނުވަންޖެހޭ މީހުން މަދުކޮށް ބަލިމީހުންނަށް އެ ސަރަހައްދަކުން އަވަހަށް ފަރުވާ ލިބިގެންދާނެ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސައިންސަސް، ޑރ. އަހުމަދު އަޝްރަފު ވިދާޅުވެއްޖެއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސައިންސަސް، ޑރ. އަހުމަދު އަޝްރަފު މިހެން ވިދާޅުވީ މިއަދު، ޓާރޝަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ޅ އަތޮޅު ހޮސްޕިޓަލާއި، ރ. އުނގޫފާރު ހޮސްޕިޓަލް އަދި ތިނަދޫ ޑރ. އަބުދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ކުންފުނިތަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު މީޑިއާތަކާއި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. އަހުމަދު އަޝްރަފު ވިދާޅުވީ ގިނަ ރަށްރަށުން މާލެއަށް މީހުން ފޮނުވަންޖެހޭ މައްސަލަތަކުގެ ތެރޭގައި ހިތާއި ކިޑްނީ އަދި ނާރުގެ ބަލިތައް ހިމެނޭ ކަމަށެވެ. ޓާޝަރީ ފެންވަރުގައި މި ހޮސްޕިޓަލުތައް ތަރައްގީކުރަނީ އެ ޚިދުމަތްތައް ލިބޭނެ ގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ވިސްނުމަކީ އެކި ސަރަހައްދުގެ ހޮސްޕިޓަލުތައް، އެކި ބަލިތަކަށް ހާއްސަ ހޮސްޕިޓަލުތަކުގެ ގޮތުގައި ތަރައްޤީކުރުމެވެ.
މިކަމުގެ ސަބަބުން ފަރުވާ ހޯދުމަށް މާލެއަށް އައުން މަދުކުރެވިގެންދާނެ ކަމަށް ޑރ. އަޝްރަފު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން