Monday, November 16
ސީއެސްސީގެ ނައިބަކަށް މުޖްތާޒް ޢައްޔަންކުރަން ރުހުން ހޯދަނީ

ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސަކަށް އެ ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވުނު މެންބަރު، މއ. ސިގްމާ އަލްއުސްތާޛު މުޙައްމަދު މުޖްތާޒަށް ރުހުން ހޯދަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މުޖްތާޒް، ސީއެސްސީގެ މެންބަރުކަމަށް ޢައްޔަންކުރައްވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ސީއެސްސީގެ ނައިބު ރައީސްގެ މަޤާމު ހުސްވެފައި މިވަނީ އެ މަޤާމުގައި ހުންނެވި އިބްރާހީމް ރަޝީދު، އެ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަލްއުސްތާޛު މުޙައްމަދު މުޖްތާޒަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

އަދި މުޖްތާޒް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަޤާމުތައް ފުރުއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު