އާދިއްތަ, November 1
ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލީ 10 ފަރާތުގެ ނަން މަޖިލީހަށް ފޮނުވައިފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެ މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. މިގޮތުން ރައީސް ވަނީ އެ މަޤާމަށް އިޢުލާންކުރުމުން ކުރިމަތިލެއްވި ހުރިހާ ބޭފުޅުންގެ ނަންތައްވެސް، ކޮމިޝަނަށް ޢައްޔަންކުރުމަށް އެމަނިކުފާނު އިސްކަންދޭ ތަރުތީބުން ފޮނުއްވައިފައެވެ.
  1. އަލްއުސްތާޛާ އާމިނަތު ޝިޔާނާ / މ. ފަތަޙަ
  2. އަލްފާޟިލް އިބްރާހީމް އަޝްރަފް / ވ. މަށިވެލި
  3. އަލްފާޟިލް މޫސާ ރިޟްވާން / މ. ހާވިލާ
  4. އަލްފާޟިލް ޢަލީ ޔޫސުފް / ބާރަނާ، ޅ. ހިންނަވަރު
  5. އަލްފާޟިލާ ޒީނާ ޒާހިރު / އަތިރީގެ، ގދ. ގައްދޫ
  6. އަލްފާޟިލް އަޙްމަދު ޒާހިރު / ހ. ސަންދަލީގެ
  7. އަލްފާޟިލާ ޒަމްޢަތު އަޙްމަދު ވަޙީދު / މަލަ، ގދ. ތިނަދޫ
  8. އަލްފާޟިލް މުޙައްމަދު ޝަމީމް / ހ. ޕްރިޓީވިލާ
  9. އަލްފާޟިލާ ޝިމްލާ އަޙްމަދު / އާސްޓްރަލްގެ، ސ. ހިތަދޫ
  10. އަލްފާޟިލާ ފާޠިމަތު ޒަޢީމާ / އޯކިޑުމާގެ، ށ. ފީވައް
މި ހުރިހާ ބޭފުޅުންގެ ނަންތައްވެސް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މުއްދަތު ހަމަވާތީއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު