Monday, November 2
ސަރުކާރުގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރުމަށާއި މަޝްވަރާކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ވީހާވެސް ގިން ގިނައިން ރައްޔިތުންނަށް ފޯރުކޮށްދީ، ދެފުށްފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށް ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ބައްދަލުވުމުގައި ވަޒީރުންގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތުވެސް ހިއްސާކުރެވުނެވެ. މިގޮތުން އެސްޓީއޯ، ވެމްކޯ، ފެނަކަ، އާރުޑީސީ، އެމްޓީސީސީ އަދި އެމްޑަބްލިއުއެސްސީން އެ ކުންފުނިތަކުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

ރައީސް މުޢިއްޒު ވަނީ މަޝްރޫޢުތައް ނިންމަން ކަނޑައަޅާފައިވާ ތާރީޚުތަކަށް މަޝްރޫޢުތައް ނިންމުމަށް ބާރުއަޅުއްވައި، އެކަންކަން ފުރިހަމަކުރުމަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައެވެ. އަދި ވަޒީރުންނާއި ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުން ފާހަގަކުރެއްވި ކަންކަމަށް މަގުފަހިކުރުމަށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި މަޝްރޫޢުތަކުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް މަޝްވަރާކުރެވުނެވެ. އަދި ވީހާވެސް ގިނައިން ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ދެފުށްފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށްގެންދިއުމަށްވެސް ރައީސް މުޢިއްޒު ބާރުއަޅުއްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު