Monday, November 2
ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ޗައިނާގެ ވަފުދަކާއެކު މަޝްވަރާކޮށްފި

ރާއްޖޭގެ ދަނޑުވެރޑުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށްޓަކައި، ދިރޭ ތަކެއްޗާއި ދަނޑުވެރިކަމާބެހޭ ވުޒާރާއިން ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ދަނޑުވެރިކަމާއި ގްރާމީއް ކަންކަމުގެ ޑިޕާޓްމަންޓް އަދި ސިޗުއާން އެކެޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްގެ ވަފުދަކާ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ދިރޭ ތަކެއްޗާއި ދަނޑުވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި ދެ ފަރާތުގެ އިސް ބޭފުޅުން ބައިވެރިވެ، 2024 ވަނަ އަހަރު ސޮއިކުރެވުނު ދަނޑުވެރިކަމުގެ އެއްބާރުލުން ހަރުދަނާކުރުމާ ބެހޭ އެއްބަސްވުމުގެ (އެމްއޯޔޫ) ތަންފީޒުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޚިޔާލު ބަދަލުކޮށްފައިވެއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް އެހީތެރިވެދިނުމެވެ. ބައްދަލުވުމުގައި، އެއްބަސްވުމުގެ ދަށުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ދެނެގަނެ، އެ މަޢުލޫމާތު ހިއްސާކުރެވުނެވެ.

ވުޒާރާއިން އިތުރަށް ފާހަގަކުރި ގޮތުގައި، ޚާއްޞަކޮށް ދަނޑުވެރިކަމުގެ އައު އީޖާދުތަކާއި، ފަންނީ އެހީތެރިކަމާއި، ޤާބިލުކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތަކާ ގުޅޭ ދާއިރާތަކުން އިތުރަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު