Monday, November 2
މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕްގެ މައުލޫމާތުދޭ ސެޝަނެއް ބޭއްވުމަށް ސްޓެލްކޯއިން ނިންމައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ނިންމައިފިއެވެ. މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދީފަައެވެ.

ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި، މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ގޮތަކަށެވެ. އެއީ ހެނދުނު 11:00 އިން 12:00 އަށް ސްޓެލްކޯގެ ޓްރެއިނިންގ ރޫމް (ފަސްވަނަ ފަންގިފިލާ) ގައި ބާއްވާ ސެޝަނާއި، މެންދުރުފަހު 13:00 އިން 14:00 އަށް އޮންލައިންކޮށް ބާއްވާ ސެޝަނެވެ.

ސްޓެލްކޯއިން އިތުރަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ސެޝަންތަކުގައި މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕާ ގުޅޭ ހުރިހާ މަޢުލޫމާތެއް ދެވޭނެއެވެ. އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ރަޖިސްޓަރީވުމަށް އެދި އީމެއިލް ފޮނުވުމުން، މީޓިންގ ލިންކު ހިއްސާކުރެވޭނެ ކަމަ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މި ސްކޮލާޝިޕް ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އިންޖިނިއަރިންގ ދާއިރާ ކުރިއެރުވުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ ޕްރޮގްރާމެއް ކަމަށް ބެލެވެއެވެ. މި ސެޝަންތަކުގައި ބައިވެރިވުމަކީ، އިންޖިނިއަރިންގ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށް ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު