Friday, November 13
ޗައިނާ އާއިއެކު ދަނޑުވެރިކަން ކުރިއެރުވުމަށް އެއްބަސްވުމެއް އެކުލަވާލަނީ
ޗައިނާގެ ސިޗުއާން ޕްރޮވިންސާ ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ސިޗުއާން ޕްރޮވިންސްގެ ދަނޑުވެރިކަމާ ބެހޭ އިދާރާއާ ދެމެދު ބޭއްވި ބައްދަލަވުމެއްގައެވެ. މި ބައްދަލުވުމުގައި ސިޗުއާން އެކެޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްގެ ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ދަނޑުވެރިކަމުގެ އައު އީޖާދުތަކާއި ފަންނީ އެހީތެރިކަމާއި ޤާބިލުކަން އިތުރުކުރުމާއި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތަކާ ގުޅޭ ދާއިރާތަކުން އެއްބާރުލުން ދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. 2024 ވަނަ އަހަރު ދިވެހި ސަރުކާރާއި، ސިޗުއާން ޕްރޮވިންސްގެ ދަނޑުވެރިކަމާއި ގްރާމީއް ކަންކަމުގެ ޑިޕާޓްމަންޓް އަދި ސިޗުއާން އެކެޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް އެހީތެރިވެދިނުމެވެ. އެ އެއްބަސްވުމުގެ ދަށުން ކުރެވިފައިވާ މަސައްކަތްތައް ދެނެގަނެވި، އެކަންކަން މި ބައްދަލުވުމުގައި ހިއްސާކުރިއެވެ. އަދި ޚާއްޞަކޮށް ދަނޑުވެރިކަމުގެ އައު އީޖާދުތަކާއި، ފަންނީ އެހީތެރިކަމާއި، ޤާބިލުކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތަކާ ގުޅޭ ދާއިރާތަކުން އިތުރަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު