Saturday, October 31
57 ރަށެއްގައި ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން 57 ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން މިއަދު އިޢުލާންކޮށްފައިވާ ގޮތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، 57 ރަށެއްގައި ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތްތަކަށް ޕްރީކޮލިފައިވުމަށް ކުރިމަތިލުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

މި އިޢުލާނުތަކުގައިވާ ގޮތުން މި ބީލަންތައް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ  "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" އަދި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓު އެންޑް ޓްރޭޑްގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ޕްރީކޮލިފިކޭޝަނުގައި ބައިވެރިވުމަށް  -/1,500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ.

މާލީ ވުޒާރާއިން ބުނީ ބީލަން ޕޯޓަލް މެދުވެރިކޮށް ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށް ކަމަށާއި، މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން ތިން ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރައްވަންވާނެ ކަމަށެވެ. އަދި ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ހައުސިންގ ޔުނިޓުތައް އެޅުމަށް ހަމަޖެހިފައިވާ ރަށްތައް:

  1. ހދ. ހަނިމާދޫގައި 500 ހައުސިންގ ޔުނިޓް
  2. ރ. އުނގޫފާރުގައި 500 ހައުސިންގ ޔުނިޓް
  3. ދ. ކުޑަހުވަދޫގައި 500 ހައުސިންގ ޔުނިޓް
  4. ލ. ގަމުގައި 500 ހައުސިންގ ޔުނިޓް
  5. ލ. ފޮނަދޫގައި 500 ހައުސިންގ ޔުނިޓް
  6. ގދ. ތިނަދޫގައި 500 ހައުސިންގ ޔުނިޓް
  7. ޏ. ފުވައްމުލަކުގައި 500 ހައުސިންގ ޔުނިޓް
  8. ސ. ހިތަދޫގައި 500 ހައުސިންގ ޔުނިޓް
  9. ކ. ތުލުސްދޫގައި 550 ހައުސިންގ ޔުނިޓް
  10. ހދ. ކުޅުދުއްފުށި ސިޓީގައި 2000 ހައުސިންގ ޔުނިޓް
  11. އދ. ދިގުރަށުގައި 30 ހައުސިންގ ޔުނިޓް
  12. ހއ. ކެލާގައި 50 ހައުސިންގ ޔުނިޓް
  13. ހއ. އުތީމުގައި 50 ހައުސިންގ ޔުނިޓް
  14. ހދ. ކުރިނބީގައި 50 ހައުސިންގ ޔުނިޓް
  15. ށ. ކޮމަންޑޫގައި 50 ހައުސިންގ ޔުނިޓް
  16. ނ. މަނަދޫގައި 50 ހައުސިންގ ޔުނިޓް
  17. ނ. މިލަދޫގައި 50 ހައުސިންގ ޔުނިޓް
  18. ރ. އިންނަމާދޫގައި 50 ހައުސިންގ ޔުނިޓް
  19. ރ. ރަސްމާދޫގައި 50 ހައުސިންގ ޔުނިޓް
  20. ޅ. ކުރެންދޫގައި 50 ހައުސިންގ ޔުނިޓް
  21. ކ. ގުރައިދޫގައި 50 ހައުސިންގ ޔުނިޓް
  22. މ. ކޮޅުފުށީގައި 50 ހައުސިންގ ޔުނިޓް
  23. ތ. ހިރިލަނދޫގައި 50 ހައުސިންގ ޔުނިޓް
  24. ގއ. ގެމަނަފުށީގައި 50 ހައުސިންގ ޔުނިޓް
  25. ގއ. ކޮލަމާފުށީގައި 50 ހައުސިންގ ޔުނިޓް
  26. ގދ. ހޯނޑެއްދޫގައި 50 ހައުސިންގ ޔުނިޓް
  27. ގދ. ފަރެސްމާތޮޑާގައި 50 ހައުސިންގ ޔުނިޓް
  28. ގދ. ފިޔޯރީގައި 50 ހައުސިންގ ޔުނިޓް
  29. ށ. ފޯކައިދޫގައި 150 ހައުސިންގ ޔުނިޓް
  30. އދ. މަހިބަދޫގައި 150 ހައުސިންގ ޔުނިޓް
  31. ހއ. ދިއްދޫގައި 200 ހައުސިންގ ޔުނިޓް
  32. ހއ. ހޯރަފުށީގައި 200 ހައުސިންގ ޔުނިޓް
  33. ށ. މިލަންދޫގައި 200 ހައުސިންގ ޔުނިޓް
  34. ރ. ދުވާފަރުގައި 200 ހައުސިންގ ޔުނިޓް
  35. ފ. ނިލަންދޫގައި 200 ހައުސިންގ ޔުނިޓް
  36. ދ. މީދޫގައި 200 ހައުސިންގ ޔުނިޓް
  37. ގދ. މަޑަވެލީގައި 200 ހައުސިންގ ޔުނިޓް
  38. ސ. ފޭދޫގައި 200 ހައުސިންގ ޔުނިޓް
  39. ގއ. ވިލިނގިލީގައި 225 ހައުސިންގ ޔުނިޓް
  40. ހދ. ނޮޅިވަރަންފަރުގައި 250 ހައުސިންގ ޔުނިޓް
  41. މ. މުލިގައި 300 ހައުސިންގ ޔުނިޓް
  42. ޅ. ނައިފަރުގައި 400 ހައުސިންގ ޔުނިޓް
  43. ސ. ހުޅުދޫގައި 100 ހައުސިންގ ޔުނިޓް
  44. ހދ. ނެއްލައިދޫގައި 60 ހައުސިންގ ޔުނިޓް
  45. މ. ދިއްގަރުގައި 75 ހައުސިންގ ޔުނިޓް
  46. ހއ. އިހަވަންދޫގައި 200 ހައުސިންގ ޔުނިޓް
  47. ހދ. މަކުނުދޫގައި 100 ހައުސިންގ ޔުނިޓް
  48. ނ. ކެނދިކުޅުދޫގައި 100 ހައުސިންގ ޔުނިޓް
  49. ރ. މަޑުއްވަރީގައި 100 ހައުސިންގ ޔުނިޓް
  50. ރ. އިނގުރައިދޫގައި 100 ހައުސިންގ ޔުނިޓް
  51. ބ. ތުޅާދޫގައި 100 ހައުސިންގ ޔުނިޓް
  52. ޅ. ހިންނަވަރުގައި 100 ހައުސިންގ ޔުނިޓް
  53. ތ. ވިލުފުށީގައި 100 ހައުސިންގ ޔުނިޓް
  54. ގދ. ގައްދޫގައި 100 ހައުސިންގ ޔުނިޓް
  55. ސ. މަރަދޫގައި 100 ހައުސިންގ ޔުނިޓް
  56. ސ. މަރަދޫފޭދޫގައި 100 ހައުސިންގ ޔުނިޓް
  57. ސ. މީދޫގައި 100 ހައުސިންގ ޔުނިޓް

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު