Monday, November 2
ދިވެހި އަސްކަރިއްޔާއަށް ކުރިއެރުން ގެނެސްދިނުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ރައީސް

ދިވެހި އަސްކަރިއްޔާގެ ހުރިހާ ބާރުތަކަކަށް ކުރިއެރުން ގެނެސްދެއްވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

133 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަމާއި ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ. މީގެ ތެރޭގައި ސިފައިންގެ ފައުޖުގެ ކެޕޭސިޓީ އިތުރުކުރުމާއި ސިފައިންގެ އެސެޓުތައް އިތުރުކުރުން ހިމެނެއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ކުރީގެ ސަރުކާރުތަކުން ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް އިހުމާލުވެފައިވީ ނަމަވެސް، މި ސަރުކާރުން އެކަމަށް ޚާއްސަ އިސްކަމެއް ދެއްވައެވެ. އަދި ރާއްޖޭގެ އާބާދީ ކުޑަނަމަވެސް، ސަރަހައްދުގެ ގޮތުން ރާއްޖެ ބޮޑުކަން ފާހަގަކުރައްވައި، "ހިކިފަސް ސަރަހައްދު ކުޑަނަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑުވުމަކީ މިނިވަންކަން ހިމާޔަތްކުރުމަށް ފަރުވާ ކުޑަކުރަންޖެހޭ ސަބަބެއް ނޫން" ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ މިނިވަންކަން ވަރުގަދަ ކުރެވޭނީ ސިފައިންނަށް އަސްކަރީ ބާރު ގެނެވިގެން ކަމަށެވެ. އަދި ސިފައިންގެ އެކި ބާރުތަކުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ނޭވީއެއްގެ އިތުރުން އާމީއެއް އުފެއްދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު