Monday, November 2
ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ދިވެހި ސިފައިންގެ ޚިދުމަތުގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

1892 ވަނަ އަހަރުގެ އޭޕްރިލް 21 ވަނަ ދުވަހު ރަސްމީކޮށް އުފެދުނު ދިވެހި ސިފައިންގެ ޚިދުމަތް މިއަދާ ހަމައަށް އައިއިރު ވަނީ ގިނަގުނަ ކުރިއެރުންތަކެއް ހޯދާފައެވެ. މި ރަސްމިއްޔާތަކީ ދިވެހި ސިފައިންގެ މުއައްސަސާގެ ދިގު ތާރީޚާއި، ޤައުމީ ޚިދުމަތުގައި ސިފައިން ވޭތުވެދިޔަ އަހަރުތަކުގައި ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރުމަށް ބޭއްވުނު ރަސްމިއްޔާތެކެވެ.

ދިވެހި ސިފައިންގެ ޚިދުމަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މުއައްސަސާއެވެ. އަދި ޤައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެމްއެންޑީއެފްއިން ދަނީ މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.

މި ރަސްމިއްޔާތުގައި ސިފައިންގެ އިސް ވެރިންނާއި، ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ޑިޕްލޮމެޓިކް ކޯގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު