ބޭސިކް ޕެންޝަންގެ ގޮތުގައި ކޮންމެ މަހަކު 100 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް މިއަދު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ ވިދާޅުވި ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް އާބާދީގެ 65 އަހަރުން މަތީގެ މީހުންގެ ނިސްބަތް ހަތް ޕަސެންޓަށް އިތުރުވާނެއެވެ. "2030 ވަނަ އަހަރު އަންނައިރު 65 އަހަރުގެ އާބާދީ ހަތް ޕަސެންޓަށް އިތުރުވާނެ، އުމުރުން ދުވަސްވާ މީހުންގެ ނިސްބަތް އިތުރުވުމަކީ ޕެންޝަނަށް ކުރާ ޚަރަދު ވެސް އިތުރުވާނެ ކަމެއް،" ޝުޖާތާ ވިދާޅުވިއެވެ.
މީގެއިތުރުން، ޕެންޝަންގެ ގާނޫނުގެ ބޭރުން ހިންގާ އެކިއެކި ސްކީމްތަކުގެ ސަބަބުން ތަފާތުކުރުން ބޮޑު ނިޒާމެއް އުފެދިފައިވާ ކަމަށް ޝުޖާތާ ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ހައްލެއް ހޯދުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބަޔަކަށް ލިބެމުންދާ ފައިދާއެއް ކުއްލިއަކަށް ހުއްޓާލުމަކީ އެންމެ ރަނގަޅު ގޮތް ނޫނެވެ. އެހެންކަމުން، މެދުމިނުގެ ހައްލެއް ހޯދުމާއެކު، އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްފަހު އެކަން ހުއްޓާނެ ތާރީޚެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން