Monday, November 2
ސަރުކާރުން ގެންދާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ؛ ވަޒީރު ސައީދު

މިސަރުކާރުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ ކަމަށާއި، ކުންފުނިތަކުގެ ކަންބޮޑުވުންތައް ގާތުން އަޑުއައްސަވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ސަޢީދު ވިދާޅުވި ގޮތުގައި، މިސަރުކާރުން ސަރުކާރުގެ ޕްރޮޖެކްޓްތަކުން ޕްރައިވެޓް ސެކްޓަރ ބާކީ ކުރާކަމަށް މީޑިއާތަކުގައި ފެތުރެމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެކެވެ. "އެއީ މާނަކުރަންޖެހޭ ގޮތެއް ނޫން. ބާކީއެއް ނުކުރާނެ،" މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރ ސަޢީދު ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒުގެ ވިސްނުންފުޅަކީ، އެމަނިކުފާނުގެ ވައުދުފުޅުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ. އަދި ސަރުކާރު ކުންފުނިތަކަށް މަސައްކަތްތައް ޙަވާލުކުރަމުންދަނީ ބަޖެޓުގެ ތާށިކަމާ ގުޅިގެން މަސައްކަތްތައް މަޑުނުޖެހި ކުރިއަށް ގެންދިއުމަށްޓަކައި ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިނިސްޓަރ ސަޢީދު ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އާއި ކުދި ވިޔަފާރިތަކާ ބައްދަލުކޮށް، އެފަރާތްތަކުގެ ކަންބޮޑުވުންތަކުގެ އަޑުއަހައި، ދިމާވާ ދަތިތައް ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.

ނަމަވެސް، އަމިއްލަ ކުންފުނިތަކުގެ ބިލްތަކަށް ސަރުކާރުން ޤަވާއިދުން ފައިސާ ދެމުން ނުދާތީ ކުންފުނިތައް ބަނގުރޫޓުވަމުންދާ ކަމުގެ ކަންބޮޑުވުންތައް މީސްމީޑިއާގައި އެފަދަ ބައެއް ކުންފުނިތަކުގެ ވެރިން ދަނީ ފާޅުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު