އެންޓި-ސްކޭމް ސެންޓަރުގެ ތަޙުޤީޤަށް ދެ މީހަކު ހާޒިރުކުރަން ހޯދަން އިޢުލާންކޮށްފިއެވެ.
މިގޮތުން ފުލުހުން ވަނީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ސްކޭމް މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިޢުލާންކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ނަދީފް މުޙައްމަދު، ރަންކޮކާގެ / ގއ. ގެމަނަފުށި (36އ) އާއި މަޙްމޫދު ޢަބްދުﷲ، ހަލަވެލި / ޅ. ނައިފަރު (30އ) އެވެ.
ފުލުހުން ވަނީ މައްސަލައިގައި ސުވާލުކުރުމަށް އެޕްރީލް 28 ވަނަ ދުވަހުގެ 11:00 އަށް ނަދީފް މުޙައްމަދު އަދި ހަމަ އެ ދުވަހުގެ 12:00 އަށް މަޙްމޫދު ޢަބްދުﷲ، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށް އަންގައިފައެވެ.
މި ލިޔުން ކިޔާލުމުން