ބެލެނިވެރިޔަކާ ނުލައި ގެއިން ބޭރުގައި އުޅޭ ކުދިންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް އޭދަފުށި ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.
މިއީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން އިއްޔެ އިފްތިތާޙްކުރި ޗިލްޑްރެން ޑާޓާ ބޭސް އަށް ބޭނުންވާ ޑޭޓާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ކުރެވޭ ކަމެކެވެ.
މިގޮތުން ފުލުހުން ބުނީ މިއީ ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކޮށް އަދި ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރިކުރުމަށް އިދާރާތަކާއެކު ގުޅިގެން މަސައްކަތް ކުރުމަށް ފެށި ހަރަކާތެއް ކަމަށެވެ.
އަދި މި މަސައްކަތުގެ ތެރެއިން، ރޭގަނޑު 10 ގެ ފަހުން ބެލެނިވެރިޔަކާ ނުލައި ގެއިން ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކޮށް ކުށްތަކަށް އަރައިގަންނަ ކުދިން އަލުން މުޖުތަމައަށް ގެނައުމަށް އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކުށްމަދު އަމާން މުޖުތަމައެއް ރަށްރަށުގައި ގާއިމުކުރުމަށް، ރަށްރަށުގެ އިދާރާތަކާ ގުޅިގެން އެކި ހަރަކާތްތައް ހިންގަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން