Saturday, October 31
ދިވެހި އަސްކަރިއްޔާއަކީ ދިވެހިންގެ ފަޚުރުވެރި އައްޑަނަ: ވަޒީރު އާދަމް ޝަރީފް
ދިވެހި އަސްކަރިއްޔާއަކީ ދިވެހިންގެ ފަޚުރުވެރި އައްޑަނަ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ 133 ވަނަ ސިފައިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން އެ ޕޯސްޓުގައި ވަޒީރު ވިދާޅުވީ ޤައުމުގެ ކޮންމެ މުއައްސަސާއެއް ފެއިލް ވިޔަސް، އެ މުއައްސަސާއެއް، ކޮންމެ ނިޒާމެއް ފެއިލް ވިޔަސް، އެ ނިޒާމެއް ނެގެހެއްޓުމުގެ ޤާބިލުކަން ދިވެހި އަސްކަރިއްޔާގައި ހުންނާނެ ކަމަށާއި، ދިވެހި އަސްކަރިއްޔާއަކީ ދިވެހިންގެ ފަޚުރުވެރި އައްޑަނަ ކަމަށެވެ. މީގެ އިތުރުން ވަޒީރު ވަނީ އަސްކަރިއްޔާގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނަށާއި، ޗީފް އޮފް ޑިފެންސް ފޯސް އަދި ހުރިހާ ސިފައިންނަށާއި ސިފައިންގެ ޢާއިލާތަކަަށް އަރިސް ކުރައްވައިފައެވެ. "ކުރިއަށް ދިވެހި ސިފައިން، ކުރިއަށް ދިވެހި ޤައުމު"، ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު